Majilis chuttee ah, nimunee 82 percent masahkai
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ/މަޖިލިސް
މަޖިލިސް ޗުއްޓީއަށް، ނިމުނީ 82 ޕަސެންޓް މަސައްކަތް
މުހިންމު ބިލްތަކެއް ފާސްކުރުމަށް ޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކޮށް، އެ ބިލްތައް ފާސްކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.

ކޮންމެ އަހަރަކު ވެސް ތިން ދައުރަށް ބަހާލައިގެން ބާއްވާ މަޖިލީހުގެ ތިން ވަނަ ދައުރު ނިމެނީ ނޮވެމްބަރަށެވެ. ނަމަވެސް ބައެއް ބިލުތަކުގެ މަސައްކަތް ނުނިމޭތީ އިތުރު ހަފްތާއަކަށް މި ދައުރު ދިގު ދަންމާލި އެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދަކީ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ ކަމަށެވެ. އަދި މި ދައުރުގައި ކުރެވުނު ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް އޭނާ ވިދާޅުވެދެއްވި އެވެ. އެގޮތުން ޢަބްދުއްރަޙީމް އާްންމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން މި ދައުރުގައި ޖުމްލަ 28 ޖަލްސާއެއް ބާއްވައި، 15 ބިލެއް ފާސްކުރި އެވެ.

މެންބަރުން ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ، މެންބަރުން ޗުއްޓީއަށް ފަހު މަޖިލީހަށް އާ ވިސްނުންތަކާއި ޚިޔާލާ އެކު ވަޑައިގެން މަޖިލީހުގައި ނަތީޖާ ނެރެދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. 

ދެ މަސްދުވަހުގެ ޗުއްޓީއަށް ފަހު އަންނަ އަހަރަށް މަޖިލިސް ހުޅުވާނީ ފެބްރުއަރީ މަހު އެވެ.